Reasons to leave viber and join telegram

Published on May 01, 2023

|

views -

0

Profile photo of me

Abdulla Aidhaan

Telegram Enthusiast

ވައިބަރ އެޕްލިކޭޝަން އަކީ ދިވެހިންގެ ތެރޭގައި ވަަރަށް އާންމުވެފައިވާ އެޕްލިކޭޝަން އެކެވެ. އާއެނކެވެ. ފޮޓޯ އެއް ފޮނުވާލަން ވެސް ބޭނުން ކުރަނީ ވައިބަރ އެވެ. ވީޑިއޯއެއް ފޮނުވާލަންވެސް ބޭނުން ކުރަނީ ހަމަ ވައިބަރ އެވެ. ފިހާރައަކަށް ގޮއްސަ ޓްރާންސްފަރ ކުރި ސްލިޕް ވެސް ފޮނުވަނީ ހަމަ ވައިބަރ މެދުވެރި ކޮށެވެ. ބޮޑެތި ފިހާރަތަކުންވެސް ކަސްޓަމަރުންނާ މުއާމަލާތު ކުރުމަށް ބޭނުން ކުރެވެނީ ވައިބަރ އެވެ.

ވައިބަރ ދިވެހިންގެ ތެރޭގައި މަގުބޫލު ވެފައި ވީނަމަވެސް ވައިބާރ އަށްވުރެ ބޭނުން ކުރަން ފަސޭހަ ފީޗާރސް ގިނަ އެޕްލިކޭޝަން މާރކެޓް ތެރޭގައި އެބަ ހުއްޓެވެ. މީގެ އެންމެ ފުރިހަމަ މިސާލަކީ ޓެލެގްރާމްއެވެ.

ޓެލެގްރާމްގެ ފެށުން

ޓެލެގްރާމް އެޕްލިކޭޝަން ފުރަތަމަ ލޯންޗް ކުރެވިފައިވަނީ 14 އޮގަސްޓް 2013 ގައެވެ. އެއީ ވައިބަރ ލޯންޗްކުރިތާ 3 އަހަރު ފަހުންނެވެ. އޭރުވެސް ވައިބަރ އާއި އަޅާކިޔާއިރު ޓެލެގްރާމް އުޅެނީ މާކުރީގައެވެ. އާއެނކެވެ. ފުރަތަމަ ލޯންޗް ކުރި އިރުވެސް ޓެލެގްރާމް އެޕލިކޭޝަން މާ ސަޅިއެވެ.

ވައިބަރ ގައި ހުންނަ ލިމިޓޭޝަންތަށް

  • 5 މިނެޓަށް ވުރެ ދިގު ވިޑީއޯއެއް ނުފޮނުވޭ

20 މިނެޓްގެ ވީޑިއޯއެއް ފޮނުވަން ޖެހިއްޖެނަމަ ޖެހެނީ 4 ބަޔަށް ބައި ކޮއްގެން ކޮންމެ ބައެއް ވަކިން ފޮނުވާށެވެ. ފައިލްއެއް ގޮތަށް ފޮނުވަން ސެލެކްޓް ކުރިޔަސް 5 މިނެޓް ގެ ލިމިޓަކަށް ބަދަލެއް ނާދެއެވެ.

  • އެއްފަހަރާ 20 ފޮޓޯއަށް ވުރެ ގިނަ ފޮޓޯއެއް ނުފޮނުވޭ

މިސާލަކަށް ވެޑިން ފޮޓޯ ޝޫޓްއެއް ނިންމާފައި ވަގުތު ސަލާމަތް ކުރަން ކްލައިންޓަށް ހުރިހާ ފޮޓޯއެއް އެއްފަހަރާ ފޮނުވާލަން ބޭނުންވެދާނެއެވެ. ނަމަވެސް އެންމެ ގިނަވެގެން އެއްފަހަރާ ފޮނުވެނީ 20 ފޮޓޯކަމަށް ވާތީވެ މިއަށް ވުރެ ގިނައިން ފޮނުވަން ޖެހިއްޖެ ނަމަ ފޮނުވަން ޖެހެނީ ވަކި ވަކިންނެވެ.

  • ފައިލް ސައިޒް އެންމެ ގިނަވެގެން ސަޕޯޓް ކުރަނީ 200mb
ވައިބަރ އެޕްލިކޭޝަން ގައި 200mb ގެ ލިމިޓް ދައްކައިދޭ ސްކްރީންޝޮޓެއް
ވައިބަރ އެޕްލިކޭޝަން ގައި 200mb ގެ ލިމިޓް ދައްކައިދޭ ސްކްރީންޝޮޓެއް
  • ވެބް ވާރޝަން އެއް ނީނދޭ

ވެބް ވާރޝަން އަކީ ކޯއްޗެއް؟ ވެބް ވާރޝަން އަކީ ފޯނަށް ނުވަތަ ގެންގުޅޭ ޑިވައިސްއަކަށް (މިސާލަކަށް ލެޕްޓޮޕް، އައިޕެޑް ނޫނީ ކޮމްޕިއުޓަރ ނޫނީ އެނޫން އެހެން ސްމާރޓް ޑިވައިސްއެއް) އެޕްލިކޭޝަންއެއް ނުވަތަ ސެޓަޕްއެއް ޑައުންލޯޑް ނުކޮށް ހަމަ އެކަނި ވެބް ބްރައުސަރ (މިސާލަކަށް ގޫގަލް ކްރޯމް ނޫނީ ސަފާރީ) ބޭނުން ކޮއްގެން އެޕްލިކޭޝަން ބޭނުން ކުރުން. މިއަށް ކިޔަނީ ވެބް ވާރޝަން.

  • ޗެޓް ލޮގް ތެރޭގައި މެސެޖެއް ހޯދަން ސާރޗްކުރުން

ވައިބަރގައި ޗެޓް ލިސްޓްގެ ނަންތައް އަދި މެސެޖްތައް ހޯދަން ސާރޗް ކުރެވެއެވެ. ނަމަވެސް ގްރޫޕްތަކުގައި ވަކި މީހުންގެ ފަރާތުން ފޮނުވާފަ ހުންނަ މެސެޖްތައް ފިލްޓަރެއް ނުކުރެވެއެވެ. މީގެ އިތުރުން ސާރޗް ކުރެވެނީ އެޕލިކޭޝަންގެ ހުރިހާ ޗެޓްތައް ފެންނަ ސްކްރީންއިންނެވެ. ވަކި ޗެޓެއް ތެރޭގައި ސާރޗްއެއް ނުކުރެވެއެވެ.

  • މެސެޖް ރިއެކްޝަންސް (މެސެޖަށް ރިއެކްޓް ކުރުން)

ވައިބަރ ގައި މެސެޖަކަށް ރިއެއްކްޓް ކުރެވެން އިންނަނީ ހަމަ އެކަނި ޖުމްލަ 5 އިމޯޖީއެވެ.

ވައިބަރ އެޕްލިކޭޝަންގެ ސްކްރީންޝޮޓެއް
ވައިބަރ އެޕްލިކޭޝަންގެ ސްކްރީންޝޮޓެއް
  • އިސްތިހާރު (އެޑްސް)
ވައިބަރ އެޕްލިކޭޝަންގެ ސްކްރީންޝޮޓެއް
ވައިބަރ އެޕްލިކޭޝަންގެ ސްކްރީންޝޮޓެއް

އިސްތިހާރު ނުވަތަ އެޑްސް އަކީ ވަރަށް ގިނަ އެޕްލިކޭޝަން ތަކުގައި ހުއްނައެއްޗެކެވެ. ވައިބަރ އެޕްލިކޭޝަންގައިވެސް އިސްތިހާރު ހުރެއެވެ. އާއެނކެވެ. ޗެޓް ލިސްޓް ތަކުގެ ތެރޭގައި ސްޕޮންސާރޑް އެޑްސް ހުރެއެވެ. ގިނަ ގްރޫޕް ތަކާއި ޗެޓް ލޮގް ލިސްޓެއް ތެރެއަށް ގިނަފަހަރަށް ތިމާއާ ނުގުޅޭ އިސްތިހާރު ހުރުމުން ގިނަ ބަޔަކު ހިތްހަމަ ނުޖެހޭގޮތްވެއެވެ.

  • ޕްރޮފައިލް ފޮޓޯއަށް އައު ފޮޓޯއެއް ލުމުން ކުރިން ލައިފަ އިން ފޮޓޯ ގެއްލި ފޮހެވިގެންދޭ

ކުރީގައި ލައިފަ ހުރި ފޮޓޯތައް ނުބެހެއްޓެންވީ އެއްވެސް ސަބަބެއް ކޮބާތޯ؟

  • ޗެޓް ލޮގް ތެރޭގައި ޝެއަރ ކުރެވޭ މީޑިއާ (ފޮޓޯ އާއި ވީޑިއޯ އަދި އެހެނިހެން ޑޮކިއުމެންޓްސް) އަބަަދަށް ޗެޓް ތެރޭގައި ނުހުރުން

މީ އަޅުގަނޑަށް ނޫނަސް ވަރަށް ގިނަ މީހުން ހަމަ ގައިމުވެސް 100 ޕަސެންޓް ރުޅިއަންނަ ނޫނީ ހިތްހަމަ ނުޖެހޭ ކަމެކެވެ. ޗެޓް ތެރޭގައި މާކުރިން ފޮނުވާފަ އިން ފޮޓޯ އެއް ވީޑީއޯއެއް ނޫނީ ކޮންމެސް ޑޮކިއުމެންޓެއް ވިޔަސް ހޯދުމަށް ފަހު އެއަށް ފިތާލުމުން އަރަނީ މިހެންނެވެ.

ވައިބަރ އެޕްލިކޭޝަންގެ ސްކްރީންޝޮޓެއް
ވައިބަރ އެޕްލިކޭޝަންގެ ސްކްރީންޝޮޓެއް

މީގަ ކުރެވޭނެ ހަމަ އެކަނި ކަމަކަށް އޮންނަނީ ފޮނުވި ފަރާތު ކައިރީ އަލުން އެ ފޮނުވަން ބުނުމެވެ. ނަމަވެސް ކޮންމެ ފަހަރަކު އަލުން ފޮނުވުމަކީ އުނދަގޫ ކަމެއް ނޫންހެއްޔެވެ؟ މީގެ ބަދަލުގަ ފޮނުވާފަ ހުންނަ އެއްޗެހި ނުގެއްލޭނަމަ ކިހާ ބޮލަށް ފަސޭހަވީސްހެއްޔެވެ.

  • ކިޔެމުންދާ މެސެޖަކީ ކޮން ތާރީހެއްގައި ފޮނުވާފަ ހުރި މެސެޖެއްކަން ދެނެގަންނަން އުނދަގޫވުން

ތިރީގައިވާ ސްކްރީންޝޮޓް އައް ބަލާލައިފަ އެއީ ކޮއް ދުވަހަކު ފޮނުވާފަ ހުރި މެސެޖެއްކަން ބުނަން އެނގޭހެއްޔެވެ؟

ވައިބަރ އެޕްލިކޭޝަންގެ ގްރޫޕް ޗެޓެއްގެ ސްކްރީންޝޮޓެއް
ވައިބަރ އެޕްލިކޭޝަންގެ ގްރޫޕް ޗެޓެއްގެ ސްކްރީންޝޮޓެއް

މެސެޖްގެ ތާރީހު ބަލަން ކޮންމެފަހަރަކު މިޖެހެނީ އެދުވަހު ކުރެވުނު ފުރަތަމަ މެސެޖާ ހިސާބަށް ސްކްރޯލް ކުރާށެވެ. ސްކްރޯލް ކުރުމަށްފަހު ތާރީހު ފެނުމުން އެއީ އެދުވަހުގެ މެސެޖް ތަކެއްކަން އެނގިގެންދެއެެވެ. އެއް ދުވަހެއްގެ މައްޗަށް ބައިވަރު މެސެޖް ކޮއްފައި ހުރިނަމަ މިކަން ކުރަން ކިހާވަރަކަށް ސްކްރޯލް ކުރަން ޖެހޭނެތޯ ވިސްނާލަބަލާށެވެ.

ވައިބަރ އެޕްލިކޭޝަންގެ ގްރޫޕް ޗެޓެއްގެ ތެރޭގައި ސްކްރޯލް ކުރާ ސްކްރީން ރިކޯޑިންގްއެއް

ޓެލެގްރާމްގައި މިހުރިހާ ކަމެއް

  • ޓެލެގްރާމްގައި 5 މިނެޓްއަށް ވުރެ ދިގު ވިޑިއޯ ފޮނުވޭ

ވިޑީއޯގެ ދިގުމިނަށް އެއްވެސް ލިމިޓެއްް ނީނދެއެވެ. ބޮޑެތި 3 ގަޑިއިރުގެ ފިލްމް ފައިލްވެސް ޓެލެގްރާމްއިން އޮރިޖިނަލް ކޮލިޓީގައި ފޮނުވާލެވެ. ކިހާ ސަޅި ހެއްޔެވެ؟ ޓެލްގްރާމްގައި ވީޑިއޯ ފޮނުވުމުގެ ކުރިން ވީޑިއޯގެ ކޮލިޓީވެސް ސެލެކްޓް ކުރެވެއެވެ. ފައިލްއެއް ގޮތަށް ސެލެކްޓް ކުރާނަމަ ވީޑިއޯގެ އަސްލު ސައިޒްގައި ވީޑިއޯ ފޮނުވެއެވެ. އަދި މިނިމުނީކީ ނޫނެވެ. ވަގުތުން ޓެލެގްރާމް ތެރޭގައި ވީޑިއޯއަށް ބަދަލު ގެންނަން ބޭނުން ވެއްޖެނަމަ އެކަންވެސް ކުރެވެއެވެ. މިސާލަކަށް ވީޑިއޯގެ އަލިކަން ގަދަ ކޮއްލުން ނޫނީ ވީޑިއޯ ކްރޮޕް ކޮއްލުމާއި ކުރެވޭނެ ބައިވަރު އެތައް ކަމެއް އެބަހުއްޓެއެވެ. ވައިބާރ ގައި މީ ކުރެވޭ ކަންކަމެއް ނޫނެވެ.

ޓެލެގްރާމް އެޕްލިކޭޝަންގައި ވީޑިއޯއެއް ފޮނުވުމުގެ ކުރިން ވީޑިއޯ ކޮލިޓީ ސެެލެކްޓް ކޮއް ވީޑިއޯއަށް ބަދަލުތަކެއް ގެނެސް ކްރޮޕް ކުރާ ސްކްރީން ރިކޯޑިންގްއެއް
  • އެއްފަހަރާ 20 ފޮޓޯއަށް ވުރެ ގިނަ ފޮޓޯ ފޮނުވޭ

ޓެލެގްރާމްގައި ބޭނުން ވަރަކަށް ފޮޓޯ ސެލެކްޓް ކުރެވެއެވެ. އާއެނކެވެ. 20 ފޮޓޯއެއް ނޫނެވެ. 40 ފޮޓޯއެއްވެސް ނޫނެވެ. ބޭނުން ވަރަކަށެވެ. ސަޅިއެއް ނޫންހެއްޔެވެ؟

  • ފައިލް ސައިޒް 4gb އާ ހަމައަށް ސަޕޯޓް ކުރޭ

އާދައިގެ ޓެެލެގްރާމް ބޭނުންކުރާ މީހުންނަށް އިންނަ ފައިލް ސައިޒް ލިމިޓަކީ 2gb އެވެ. ޕްރީމިއަމް ބޭނުންކުރާ މީހުންނަށް 4gb އެވެ. 2gb އަކީ ވައިބަރގެ 200mb ގެ ލިމިޓާ އަޅާ ކިޔާއިރު 924 އިންސައްތަ އިތުރު ނުވަތަ 10 ގުނައަށް ބޮޑު އަދަދެކެވެ. ސަޅިއެއް ނޫންހެއްޔެވެ؟

  • ވެބްވާރޝަން އިނދޭ (2 ވާރޝަން)

ޓެލެގްރާމްގެ ވެބް ވާރޝަން ފުރަތަމަ ލޯންޗް ކުރެވިފައިވަނީ 2014 ގައެވެ. 2021 ވަނަ އަހަރު ވެބްވާރޝަންގެ 2 ވާރޝަންއެއް ވަނީ ނެރެވިފައިއެވެ. އެއީ web.telegram.org/a އާއި webk.telegram.org އެވެ.

ވެބް ވާރޝަން އަކުން ވާ ފައިދާ އަކީ ކޮބާ؟ މިސާލަކަށް އޮފީހުގައި އިނދެފައި ސެޓަޕްއެއް ޑައުންލޯޑް ނުކޮއް ނުވަތަ އިންސްޓޯލް ނުކޮށް ފައިލްއެއް ނޫނީ ފޮޓޯއެއް ޓެލެގްރާމް އިން ޑައުންލޯޑް ކޮއްލަން ބޭނުންވެއްޖެ ހާލަތެއްގައި ވެބް ވާރޝަންގެ އެހީގައި މިކަން ގިނަވަގުތު ތަކެއް ހޭދަ ނުކޮއް ފަސޭހަކަމައިއެކު ކޮއްލެވެއެވެ.

  • ޗެޓް ލޮގް ތެރޭގައި ސާރޗް ކުރުމާއި މެސެޖްތައް ފިލްޓަރ ކުރުން

ޓެލެގްރާމްގައިވެސް ޗެޓްތަކުގެ ނަންތަށް އަދި މެސެޖްތަށް ހޯދުމަށް ސާރޗް ކުރެވެއެވެ. ނަމަވެސް ޓެލެގްރާމްގައި މީގެ އިތުރުން ވަކި ވަކި ފަރާތް ތަކުން ފޮނުވާފަ ހުރި މެސެޖްތަށް އެކަނި ފެންނަ ގޮތަށްވެސް ސާރޗް ކުރެވެއެވެ. އަދި ވަކި ދުވަހެއްގައި ފޮނުުވާފަ ހުރި މެސެޖްތައް އެކަނި ފެންނަ ގޮތަށްވެސް ފިލްޓަރ ކޮއްލެވެއެވެ. ކޮންމެ ޗެޓެއް ތެރޭގައި ވަކި ވަކިން ވެސް ސާރޗް ކުރެވެއެވެ. ގްރޫޕްއެއް ވިޔަސް، ޗެނަލްއެއްވިޔަސް އަދި އެހެން ޗެޓެއް ވިޔަސް ކޮންމެތާކުވެސް މެސެޖް ހޯދަން ސާރޗް ކުރެވެއެވެ.

ޓެލެގްރާމް އެޕްލިކޭޝަންގައި ސާރޗް ކުރުމާއި ޗެޓްތެރޭގައި މެސެޖް ފިލްޓަރ ކުރާ ސްކްރީން ރިކޯޑިންގްއެއް
  • މެސެޖް ރިއެކްޝަންސް (މެސެޖަށް ރިއެކްޓް ކުރުން)

ޓެލެގްރާމްގައި 5 އިމޯޖީ އަށް ވުރެ ގިނައިން ރިއެކްޓް ކުރެވެއެވެ.

ޓެލެގްރާމް އެޕްލިކޭޝަންގައި މެސެޖްއަށް ރިއެކްޓް ކުރާ ސްކްރީން ރިކޯޑިންގްއެއް
  • ޓެލެގްރާމްގައި އިސްތިހާރެއް ނުހުރޭ

ޓެލެގްރާމްގައި ސްޕޮންސާރޑް އެޑްސް ނުވަތަ އެއްވެސް އިސްތިހާރު (ads) އެއް ނުހުރެއެވެ. ޓެލެގްރާމްގައި ހުންނާނީ އެމީހަކު ޖޮއިން ކޮއްފައި ހުންނަ ޗެޓްތައް އެކަނިއެވެ. ބޭކާރު އިތުރު އެއްވެސް އެއްޗެއް ނުހުރެއެވެ.

  • ޕްރޮފައިލް ފޮޓޯއަށް އައު ފޮޓޯއެއް ލުމުން ކުރިން ލައިފަ އިން ފޮޓޯ ގެއްލި ފޮހެވިގެންނެއް ނުދޭ

ޕްރޮފައިލް ފޮޓޯ ކިތެންމެގިނައިން ބަދަލު ކުރިޔަސް ކުރީގައި ލައިފަ ހުރި ފޮޓޯތައް ނުގެއްލެއެވެ. މީގެ އިތުރުން ޓެލެގްރާމްގައި ހަމަ އެކަނި ވަކި ބަޔަކަށް އެކަނި ޕްރޮފައިލް ފޮޓޯ ފެންނަ ގޮތަށްވެސް ހެދެއެވެ. ވައިބަރ ގައިވެސް މިހެން ހެދެއެެވެ. ނަމަވެސް ވައިބަރގައި ހަމަ އެކަނި ޕްރޮފައިލް ފޮޓޯ ފޮރުވެނީ ކޮންޓެކްޓް ލިސްޓްގަ ނެތް މީހުންނަށް އެކަނިއެވެ. ޓެލެގްރާމްގައި ކޮންޓެކްޓް ލިސްޓްގައި އިނަސް ނެތަސް ވަކި ވަކިން ދައްކަން ބޭނުންވާ މީހުންނަށް އެކަނި ފެންނަ ގޮތަށް ހެދެއެވެ.

  • ޗެޓް ލޮގް ތެރޭގައި ޝެއަރ ކުރެވޭ މީޑިއާ (ފޮޓޯ އާއި ވީޑިއޯ އަދި އެހެނިހެން ޑޮކިއުމެންޓްސް) އަބަަދަށް ޗެޓް ތެރޭގައި ހުރޭ

ޓެލެގްރާމްގައި ޑިލީޓް ނުކުރާހާ ހިނދަކު ކިތަންމެ ގިނަދުވަހު ހުއްޓަސް އެއްވެސް މެސެޖެއް، ފޮޓޯއެއް ވީޑިއޯއެއް އަދި ފައިލްއެއް ވިޔަސް ގެއްލި ފޮހެވިގެންނެއް ނުދެއެވެ.

lmao
  • ފޮނުވާފައި ހުންނަމެސެޖްގެ ތާރީހު ޗެޓް ތެރެއިން ކޮންމެ ހިސާބަކުންވެސް ފެނޭ

ޓެލެގްރާމްގައި ފޮނުވާފަ ހުންނަ މެސެޖްތަށް ފޮނުވާފައިވާ ތާރީހު ބަލަން އެދުވަހެއްގެ ފުރަތަމަ މެސެޖާ ހިސާބަށް ސްކްރޯލް ކުރާކަށް ނުޖެހެއެވެ. ކޮންމެ ހިސާބެއްގައި ސްކްރޯލް ކުރަމުންދާއިރުވެސް މެސެޖް ފޮނުވި ތާރީހު މަތީގައި ފެންނަން އިނދެއެވެ.

ޓެލެގްރާމް އެޕްލިކޭޝަންގައި ގްރޫޕް ޗެޓެއް ތެރޭގައި ސްކްރޯލް ކުރާ ސްކްރީން ރިކޯޑިންގްއެއް

ޓެލެގްރާމްއަށް ބަދަލު ކޮއްލާ ކަހަލަ އެއްނު؟

lmao